ގެއްލިގެން ހޯދަމުންދިޔަ ރ. މާކުރަތު ޒުވާނާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދިޔައީ  މާކުރަތު/ ތިންތަރި، އަހުމަދު ޝާހީންއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އުމުރުން 21 އަހަރުގެ ޝާހީން މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި ޝާހީން އޭނާ އެންމެ ފަހުން އާއިލާއަށް ހަބަރު ވެފައިވަނީ މިމަހުގެ ހަވަނަ ދުވަހު ފޯނުންނެވެ.