މީހަކު ރަހީނުކޮށް، އާއިލާއަށް ގުޅައި، ފައިސާއަށް އެދުނު މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ފޮޓޯ އާއްމުކޮށް، ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އިއްޔެ ރޭ، ހުޅުމާލޭގެ އޯކިޑުމާ ހިނގުމުގައި، ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، ހިފަހައްޓައި، އަނިޔާކޮށް ބިރު ދައްކައި، އެމީހާގެ އާއިލާ މީހުންނަށް ގުޅައި، ފައިސާއަށް އެދުނު މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރީ މާލެ ދަފްތަރު، އާރްއެސް 9022 ތޮލާލް މޫސާއެވެ. އޭނާގެ އުމުރުން 37 އަހަރެވެ.

ފުލުހުން ބުނީ، މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމުގައެވެ.

މާލެ ސަރަހައްދުގައި މީހުން ރަހީނުކޮށް، ފޭރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.