ހަފްތާ 52ގެ ކާމިޔާބީތަކާއި ގުޅިގެން ފެމިލީ އެންޑް ސޯޝަލް މިނިސްޓްރީން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން، ފެމިލީ ޑިވެލޮޕްމަންޓް އެންޑް ސޯޝަލް މިނިސްޓްރީއާ ގުޅުންހުރި ދާއިރާތަކާއެކު މަސައްކަތްކުރާ އަމިއްލަ ޖަމުއިއްޔާތަކަށް އަމާޒުކޮށްގެން ”ސެކްޓޯރަލް ސިމްޕޯޒިއަމް“ ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.
ސޯޝަލް މިނިސްޓްރީން ބުނީ މި ކޮންފަރެންސްގެ މަގްސަދަކީ ފާއިތުވި އަހަރުގެ ތެރޭގައި މި ވުޒާރާއިން އެކިއެކި ޖަމުއިއްޔާތަކާ ގުޅިގެން އަންހުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އަދި އިސްރަށްވެހިންނަށް އަމާޒުކޮށްކޮށްގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކާއި އެ މަސައްކަތްތަކުން ހާސިލުވި ނަތީޖާ ހިއްސާކޮށް، އަމިއްލަ ޖަމުއިއްޔާތަކާ ގުޅިގެން އެ މިނިސްޓްރީން 2025 ވަނަ އަހަރު ކުރިއަށްގެންދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ވޯކްޕްލޭނެއް ތައްޔާރުކުރުން ކަމަށެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ 13 ނޮވެންބަރު 2024 ގައި އިސްރަށްވެހިންގެ ނާދީގައެވެ.

