ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރިން ރައްޔިތުންނަށް ވަރަށް ސާފުވާތަން ކުރިޔަށް އޮތް ތަނުގައި އިތުރަށް ފެނިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ސަރުކާރުން ކުރިއަށް ދާނީ އިންސާފުވެެރިކަމާއެކު ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުމުގައި ކަމަށެވެ.
އަދި މިއީ ރައްޔިތުންގެ ފަޅީގައި މަސައްކަތް ކުރާ ސަރުކާރެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”އެއީ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި“ ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީއިރު، އިސްލާހީ އެޖެންޑާގެ ދަށުން ސަރުކާރުން އަޅަމުންގެންދާ އެކި ފިޔަވަޅުތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ.

