މާލެ ސަރަހައްދުގައި ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކަމުން ދިޔަ 48 ތަނެއް ފުލުހުން ބަންދުކޮށްފިއެވެ.
މިގޮތުން މިހައިތަނަށް 48 ތަނެއް ބަންދު ކުރެވިފައިވާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މަސްތުވާތަކެތީގެ މުއާމަލާތްކޮށް، ވިއްކަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ ތަންތަނުގައި ފުލުހުން ފޯރިމަރަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވި ހިފައި، ތަފާތު އެކި ޖިނާއީ ކުށްތަކަށް އަރައިގަންނަމުންދާ މީހުންގެ ތެރެއިން، 49 މީހަކު ފަރުވާގެ ނިޒާމަށް ވެއްދުމަށްޓަކައި، އެންޑީއޭއާ ހަވާލު ކުރެވިފައިވާ ކަމަށެވެ.
ނާހިދު ވިދާޅުވީ ބަނގުރަލުގެ ވަގު ވިޔަފާރި ހުއްޓުވުމަށް ޓޫރިޒަމް މިނިސްޓްރީއާއި، ކަސްޓަމްސް އަދި ފުލުހުން ގުޅިގެން މިހައިތަނަށް 57 ސަފާރީއެއް ބަލައި ފާސްކޮށްފައިވާނެ ކަމަށެވެ.
މާލެ ސަރަހައްދުގައި ކެފޭ އުސޫލުން މަސްތުވުމުގެ ހިދުމަތްދޭ ތަންތަން ބަންދު ކުރަމުންދާއިރު، އެފަދަ ތަންތަނުން ހާހަކަށްވުރެ ގިނަ ދިވެހީން ހިދުމަތް ހޯދާ ކަމަށް ފުލުހުން ކުރިން ބުނެފައިވެއެވެ.

