އިނގެރޭސި ރާނީ އެލިޒަބަތު(ދެވަނަ)ގެ ތައުޒިޔާގެ ދަފްތަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސޮއިކުރައްވައިފިއެވެ.
ރާނީގެ ހަނދާނުގައި މިއަދު މަޖިލީހުގައި ވަނީ ހަމަހިމޭންކަމުގެ ސުކޫތެއްވެސް ގެެނެސްފައެވެ.
އިނގިރޭސިވިލާތުގެ ރާނީ އަދި ހެޑް އޮފް ދަ ކޮމަންވެލްތު، ކްއީން އެލިޒަބަތު 2 ވަނަގެ ހަނދާނުގައި ހުޅުވާފައިވާ ތަޢުޒިޔާގެ ދަފުތަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސޮއިކުރައްވައިފި pic.twitter.com/jBukouMTqk
— People's Majlis (@mvpeoplesmajlis) September 12, 2022
އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތަކީ، ދިވެހި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތް، ނިޝާން ޣާޒީގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް އަރުވައިފައިވާ މީހެކެވެ.
ރާނީ ވަނީ މާޗު 13، 1972 ގައި ރާއްޖެއަށް ތާރީހީ ދަތުރުވެސް ކޮށްފައެވެ. އިރުމަތީ އޭޝިއާއަށް ރާނީ ކުރެއްވި މަސްދުވަހުގެ ދަތުރުފުޅުގައި ރާނީ ރާއްޖެ ވަޑައިގެންނެވިއިރު ރާއްޖޭގެ ވެރިކަމުގައި ހުންނެވީ އިބްރާހިމް ނާސިރެވެ.
އުމުރުން 96 އަހަރުގައި ރާނީ މަރުވިއިރު، ރާނީ އަކީ އެންމެ ދިގު މުއްދަތަކަށް ރަނިކަން ކުރި ފަރާތްވެސްމެއެވެ.