ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރެއްވި އެންމެ މުހިންމު މަސައްކަތަކީ ރާއްޖޭގައި ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ނެތްކަން ކަށަވަރު ކުރެއްވުން ކަމުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ، ރައީީސް މުއިއްޒުގެ ސަރުކާރަށް އަހަރެއް ފުރުމާ ގުޅިގެން، ދައުލަތުގެ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައެވެ.

މިނިސްޓަރު ވަނީ، މިއަދު ރާއްޖޭގައި ބޭރުގެ އެއްވެސް އަސްކަރިއްޔާއެއް ގާއިމުވެފައި ނެތްކަން ކަށަވަރުވާ ކަމަށް ވިދާޅުވެފައެވެ.

”މިއީ ރައީސް ކޮށްދެއްވި އެންމެ މުހިންމު، އެންމެ ފުރަތަމަ މަސައްކަތަކީ.“ ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވި ގޮތުގައި، ބޭރުގެ ސިފައިން އެމީހުންގެ ގައުމަށް އަނބުރާ ފޮނުވައިލީ، ރައީސް މުއިއްޒުގެ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ދަށުން ޑިޕްލޮމެސީގެ ރިވެތި އުސޫލުތައް ބޭނުން ކުރައްވައިގެން ކަމަށެވެ.

ގައުމެއްގެ މިނިވަންކަމާ އިސްތިގްލާލް ހިމާޔަތް ކުރުމަކީ ކުރާ އެއް ކަމަކުން ކަށަވަރުވާ ކަމެއް ނޫން ކަމަށާއި، ކޮންމެ ދުވަހަކު ވެސް އެކަމަށްޓަކައި ކެނޑިނޭޅި މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށް މިނިސްޓަރު ޣައްސާން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ ރައީީސް މުއިއްޒުގެ އެންމެ މުހިންމު އެއް ރިޔާސީ ވައުދުފުޅެވެ.

 

ި