ވިޔަފާރި ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން ހުޅުމާލޭގައި މިދިޔަ އަހަރު ހުޅުވި ފާސްޓްފުޑް ރެސްޓޯރަންޓް ޗެއިން ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ އައުޓްލެޓު ބަންދުކޮށްފިއެވެ.

ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީ ހުންނަ ރަށު މާރުކޭޓްގެ މަތީގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް އައުޓްލެޓް ހުޅުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.

ކޭއެފްސީ އާއި ޕިއްޒާ ހަޓް ބޮއިކޮޓް ކުރުމަށް ގޮވާލާފައިވަނީ އިޒްރާއީލުން ފަލަސްތީނަށް ދެމުންދާ ލާއިންސާނީ ހަމަލާތަކާ ގުޅިގެންނެވެ.

ޔަހޫދީންނާ ގުޅުން އޮންނަ ވިޔަފާރިތައް ބޮއިކޮޓްކުރުމަށް ބައިނަލްއަގްވާމީ ބޮޑު ކެމްޕެއިނެއް ވަނީ ފަށާފައިވާއިރު، މާލޭގަައި ހުންނަ ކޭއެފްސީ އާއި ޕިއްޒާ ހަޓު ކުރިމަތީގައިވެސް އެތަންތަން ބޮއިކޮޓް ކުރަން ގޮވާލައި އެކި ފަހަރުމަތީން މީހުން ވަނީ އަޑު އުފުލައިފައެވެ.