2023 ވަނަ އަހަރުގައި ބާއްވާ ރިޔާސީ އިންތިހާބަކީ ރީތީގެ މުބާރާތެއް ނޫން ކަމަށް ޝެއިހު އަލީ ޒައިދު ވިދާޅުވެއްޖެއެެވެ.

Ads by Asuru

ޒައިދު މިހެން ވިދާޅުވެފައިވަނީ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް ރީތިކަމުން، އޭނާއަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލިބޭނެ ކަމަށް އެޕާޓީން ބުނުމާ ގުޅިގެންނެވެ.

ސަންގު ޓީވީން ގެެނެސްދިން ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން  އެޕާޓީގެ ނައިބު ލީޑަރު އަލީ މައުރޫފް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެންމެ ރީތި ކެންޑިޑޭޓަކީ ސިޔާމް ކަމަށެވެ.

މިވާހަކައާ ގުޅިގެން ޒައިދު ވިދާޅުވީ ރައްޔިތުން ވޯޓުލާން ޖެހޭނީ، އެންމެ ތެދުވެރި، އިހްލާސްތެރި މީހަކަށް ކަމަށެވެ. ވެރިކަަމަކީ ބޮޑު މަސްއޫލިއްޔަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވައުދުތަކާ އަހުދުތަކެއް ވެގެން އާދެވޭ، މަސްއޫލިއްޔަތު ނުއުފުލައިފިނަމަ، ޤިޔާމަތް ދުވަހުން ސުވާލު ކުރެވޭނެ ބޮޑުވެގެންވާ ކަމެއް.

ސަންގު ޓީވީގައި ވާހަކަ ދައްކަވަމުން މައުރޫފު ވަނީ،  2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކުރީގެ އެޓާނީޖެނެރަލް ޑރ.ހަސަން ސައީދަށް ގިނަ ބަޔަކު ވޯޓް ދިނީ ވެސް ޑރ.ހަސަން ސައީދު ރީތިކަމުން ކަމަށް ވިދާޅުވެފައެވެ.

މައުރޫފް ވިދާޅުވީ 2008 ވަނަ އަހަރު ހަސަން ސައީދަށް 25000 ވޯޓް ލިބުނުކަމަށާއި ތަޖުރިބާއެއް ނެތް ބޭފުޅަކަށް އެހައި ގިނަ ބަޔަކު ވޯޓް ދިނީ، ހަސަން ސައީދުގެ ރީތިވީމަ ކަމަށެވެ.