މާލޭގެ މާވެޔޮ މަގުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާއާ ގުޅޭ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައިވަނީ މާފަންނުގައި ހުންނަ ގެއެއްގެ 10 ވަނަ ފަންގިފިލާގައި ހުރި ގުދަނެއްގައި ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ވަނީ ވަރަށް ބޮޑުތަން ކޮންޓްރޯލްކޮށްފައިވާ ކަމަށާއި، އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މަޢުލޫމާތެއް އަދި ނުލިބޭ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރޯވެފައިވަނީ މ. ނިޔަނދުރުމާގޭގައެވެ.