ދެކުނުގެ ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލަ ފެންމަތިވެފައި ވަނީ، ސައުތު ސެންޓްރަލް ޕޮލިސް (މ.، ފ.، ދ.، ތ. އަދި ލ. އަތޮޅު) ހިމެނޭ ރަށެއްގައެވެ.
ފުލުހުން ބުނީ، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކުރީ އިއްޔެ ކަމުގައެވެ.

ފުލުހުން ބުނިގޮތުގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރީ އުމުރުން 51 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާގެ ބަންދަށް 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.