ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރު ކިޔާ ފިރިހެނަކާއެކުގައި އެއްޖިންސުން ޖިންސީ ގުޅުން ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ ގާނޫނީ ވަކީލު، ނާޒިމް ޢަބްދުއްސައްތާރަށް ހުކުމް އިއްވުން މިއަދު އެބައޮތެވެ.

Ads by Asuru

ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ބުނެފައިވަނީ ނާޒިމަށް ހުކުމް ކުރުމުގެ އަޑުއެހުން އޮންނާނީ، މިއަދު ހަވީރު 4:30ގައި ކްރިމިނަލް ކޯޓުގައި ކަމަށެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއްނަމަވެސް އޭނާ ކުށަށް އިއުތިރާފުވެފައިވާތީ އެއް ދަރަޖަ ލުއިކޮށް، އޭނާގެ މައްޗަށް އަންނާނީ ހަތް މަހާއި ހަ ދުވަހުގެ ހުކުމެކެވެ.

އެހެންނަމަވެސް ބަންދުގައި އޭނާ ހަތް ދުވަސް ހޭދަކޮށްފައިވުމުން އެ މުއްދަތު ވެސް ހުކުމުން އުނިވާނެއެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރް އާއި ނާޒިމް ސައްތާރާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު އާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރިއެވެ.

އަބްދުއްރަހުމާން ރަފީއު އާއި ނަޝީދުގެ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ފަށައިފައެވެ.