ކުރިއަށް އޮތް 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކޮށްދޭނެ ރާއްޖޭގެ ކޮންސަލްޓެންސީ ފާމެއް ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

އެ މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ ކޮންސަންޓެންސީ ފާމް ހޯދަނީ ހައުސިން މިނިސްޓްރީގެ އެދުމުގެ މަތިން ކަމަށެވެ.

މި ސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ފިނޭންސުން ވަނީ ހުޅުވާލައިފައެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނީ، އެ މަސައްކަތާ ގުޅޭ މައުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރް) މިއަދުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށެވެ.

އެ އިއުލާނުގައި ބުނީ، އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 16 ވަނަ ދުވަހުގެ ރަސްމީ ގަޑި ނިމުމުގެ ކުރިން އީއޯއީ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

ގައުމީ ތަރައްގީގެ ޕްލޭންގެ މަގުސަދަކީ ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ދެމެހެއްޓެނިވި އިގުތިސޯދީ، އިޖުތިމާއީ، ތިމާވެށި އަދި އާބަން ޑިވެލޮޕްމަންޓު ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމެވެ.