އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން، ދޯހާ މެރެތަންގައި ދުވުމުގެ ދެ ފުރުސަތު ލިބޭ ލަކީ ޑްރޯގެ ނަސީބުވެރިން އިއުލާނު ކޮށްފިއެވެ.
ދޯހާ މެރެތަން 2025 އޮންނާނީ 17 ޖަނަވަރީ 2025 ގައި ގަތަރުގައެވެ.
މިލަކީޑްރޯއިން ހޮވިފައިވާ ދެފަރާތަކީ މުހައްމަދު އަޒްހަދު އަހުމަދު އަދި ތޯރިގު މުހައްމަދެވެ.
މި ލަކީ ޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫ ވެބްސައިޓު މެދުވެރިކޮށް 26 އޮކްޓޯބަރއިން ފެށިގެން 26 ނޮވެމްބަރ 2024 ގެ 23:59 އާއި ހަމައަށް ބައިވެރިވުމަށް ހުޅުވާލެވުނެވެ.
މިއީ އުރީދޫ މޯލްޑިވްސްގެ ފަރާތުން ކަސްޓަމަރުން ދޯހާ މެރަތަން އަށް ފޮނުވާ ދެވަނަ ފަހަރެވެ.
ލަކީ ޑްރޯއިން ހޮވުނު ފަރާތްތަކަކީ އަންނަނިވި ޝަރުތުތައް ފުރިހަމަވާ ކަސްޓަމަރުންނެވެ:
– އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރެއްގެ ގޮތުގައި މަދުވެގެން 1 އެއްއަހަރު ދުވަހުހުރުން، ލަސްވެގެން 1 އޮކްޓޯބަރ 2023އިން ފެށިގެން
– ދޯހާ މެރެތަންގައި ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވުމުގެ ގާބިލްކަން ހުރުން (ސިއްހީ ގޮތުން) މީގެ ކުރިން ހާފް މެރެތަންއެއް ނުވަތަ މެރެތަންއެއް ދުވެފައިވުން.
– ގަތަރަށް އެތެރެވުމުގެ ޝަރުތުތައް ފުރިހަމަވާ ދިވެހި ޕާސްޕޯޓެއް އޮތުން
– 26 ނޮވެމްބަރ 2024 ގެ 23:59ގެ ކުރިން ލަކީ ޑްރޯގައި ބައިވެރިވުން
ދޯހާ މެރެތަންއާ ގުޅޭ އިތުރު މައުލޫމާތު https://www.dohamarathonooredoo.com/ އިން ހޯދޭނެއެވެ.

