ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ(އެންސްޕާ)ގެ އޮފީސް ހިންގަން އަލަށް ނެގި އިމާރާތުގެ އެއްބަސްވުން ބާތިލުކުރަން ނިންމައިފިއެވެ.
މިގޮތަށް ނިންމީ އެންސްޕާ އިން ކުއްޔަށް ހިފި އިމާރާތެއްގައި މޯލްޑިވްސް މީޑިއާ ހައުސްގެ މޯލްޑިވްސް މީޑިއާ ޓީވީ (އެމްއެމްޓީވީ) ހިންގާކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.
އެންސްޕާއިން މިއަދު ނެރުނު ބަޔާނުގައި ބުނީ އެންސްޕާ ހިންގަން އާ އިމާރާތެއް ކުއްޔަށް ހިފަން ބީލަމަށް ހުޅުލާއި އެވޯޑްކުމުގެ ކަންކަން ކުރިއަށް ގެންދިޔައީ އުސޫލާ އެއްގޮތަށް ކަމަށާއި އަދި މޯލްޑިވްސް މީޑިއާ ހައުސްއިން އެތަން ކުއްޔަށް ހިފުމުގެ މަސައްކޮށްފައިވާ ކަމަށެވެ.
ނަމަވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރައި އަގުވައްޓާާލުމުގެ ސަބަބުން އެމްއެމްއެޗަށް މާއްދީ ގޮތުން ފޫނުބެއްދޭ ގެއްލުންތަކެއް ވެފައިވާތީ އެ އެއްބަސްވުން ނިމުމަކަށް ގެންނަން ނިންމާފައިވާ ކަމަށް އެންސްޕާއިން ބުނެފައިވެއެވެ.
އެހެންވެ އެ އެއްބަސްވުން ނިމުމަކަށް ގެންނަން މާލީ ވުޒާރާއާއެކު ކުރަން ޖެހޭ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެންސްޕާއިން ބުންޏެވެ.

