ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޒު އުމްރާއަށް ފޮނުވުމަށް އިސްލާމިކް މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުގެ ދަށުން ފަސް ވަނަ ހާފިޒަކަށް އެ ފުރުސަތު ދީފިއެވެ.

މި ފަހަރު އުމްރާ ދަތުރު ދިނީ ގއ. ދެއްވަދޫ، އަސްވާޑް، އަލްހާފިޒާ ޝަބީނާ އާދަމަށެވެ.

އެކަމުގެ ލިޔުން އޭނާއާ ހަވާލުކޮށް ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ހާފިޒުންނަށް އުމްރާ ދަތުރުދޭން ފެށި މަޝްރޫއުގެ ދަށުން ކުރިން އެ ފުރުސަތު ލިބުނީ އަލްހާފިޒް އަލީ ރައީފް އާއި އަލްހާފިޒް އާސިރު އާރިފް ޔޫސުފްގެ އިތުރުން އަލްހާފިޒް އަޒިން މުހައްމަދު އަދި އަލްހާފިޒާ ސަހިއްޔާ އަބްދުލްޣަނީ އަށެވެެ.

އިސްލާމިކް މިނިސްޓްރީން ބުނީ ހާފިޒުންނަށް އުމްރާ ދަތުރު ދެމުން އަންނަނީ ދީލަތި ފަރާތްތަކުން ލިބޭ އެހީތެރިކަމުގެ ތެރެއިން ކަމަށެވެ.