ކްރިމިނަލް ކޯޓުގެ ރަޖިސްޓްރަރގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

Ads by Asuru

ރަޖިސްޓްރަރގެ މަގާމަށް އަސާސީ މުސާރައިގެ ގޮތުގައި -/13400 ރުފިޔާ ލިބޭއިރު، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި -/7370 ރުފިޔާ ލިބޭނެއެވެ. އަދި ސަރވިސް އެލަވަންސްގެ ގޮތުގައި -/3000 ރުފިޔާ، ލިވިންގ އެލަވަންސްގެ ގޮތުގައި -/2700 ރުފިޔާ، ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ ލިބެއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ކުރި އިއުލާނެއްގައި ވަނީ އެ މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 ސެޕްޓެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ކަމަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ކުރުމަށެވެ.