އިސްލާމިކް މިނިސްޓްރީން އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޒުވާން ހަތީބުންގެ ޕްރޮގުރާމްގައި ހަތީބުކަމުގެ ސަނަދު ހާސިލުކުރި 18 ހަތީބުންނަށް ސަނަދު އަރުވައިފިއެވެ.

Ads by Asuru

ހަތީބުންގެ ޕްރޮގްރާމަކީ އާ ޖީލެއް އުފެއްދުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ފަށާފައިވާ ޕްރޮގްރާމެކެވެ.

މިނިސްޓްރީން ބުނީ، އައްޑޫ ސިޓީގައި ކުރިއަށްގެންދިޔަ ޒުވާން ޚަތީބުންގެ ޕްރޮގުރާމަށް ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެކަމަށްޓަކައި އައްޑޫގައި ބޭއްވި ރަސްމިއްޔާތުގައި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލައްތުއްޝައިހު މުހައްމަދު ލަތީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ޕްރޮގުރާމް ނިންމާ 18 ބައިވެރިއަކު ވަނީ ސަނަދު ހާސިލްކޮށްފައެވެ.

ރީތިކޮށް ޤުރުއާން ކިޔަވާ، ހުތުބާކިޔާ، ބަންގި ގޮވާ ޒުވާން ޖީލެއް ނެރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރިހަމަ އިރުޝާދުގެ ދަށުން ކުރިއަށް ގެންދާ ޚާއްސަ ޕްރޮގްރާމެކެވެ.

ޒުވާން ހަތީބުންގެ ޕްރޮގްރާމާއި ބެހޭ ގޮތުން މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، މި ދައުރުގެ ތެރޭގައި 1،000 ހަތީބުން ތަމްރީންކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

އެގޮތުން، ފުރަތަމަ އަހަރުގެ ތެރޭގައި މިހާތަނަށް 270 ޒުވާން ހަތީބުން ވަނީ ތަމްރީން ނިންމާ ސަނަދު ހާސިލުކޮށްފައެވެ. އަދި އެ ޕްރޮގްރާމަށް ލިބޭ ތަރުހީބަށްޓަކައި އުފާކުރައްވާ ކަމަށް ޝަހީމް ވިދާޅުވިއެވެ.