ކ. ދިއްފުށީގައި ޕޮލިސް ޕޯސްޓު ހުޅުވާ ހިދުމަތް ދޭން ފަށައިިފިއެވެ.

Ads by Asuru

ޕޮލިސް ޕޯސްޓު ހުޅުވުމަށް އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ދިއްފުށީ ކައުންސިލު ރައީސް އިބްރާހިމް ސުނިލްއެވެ.

ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ، ރަށުގައި އަލަށް ތައާރަފުވެގެންދާ ކުށްތަކާއި ސައިބާ ސްކޭމްގެ މައްސަލަތަކާއި ގެވެށި އަނިޔާ އަދި ކުޑަކުދިންނަށް އިހުމާލުވުމުން ފަދަ ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެތީގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވައި ހޭލުންތެރިކުރުމަށް ފުލުހުން ގާއިމުވެތިބުމުން އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންގެ އިތުރުން ދިއްފުށި ކައުންސިލާއި މުއްސަސާތަކުގެ މުވައްޒަފުން ބައިވެރިވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ދިއްފުށީގައި ފެށި ފުލުހުންގެ ހިދުމަތާއެކު މާލެ އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ދަނީ ފުލުހުންގެ ހިދުމަތް ދެމުންނެވެ.

ރާއްޖޭގެ ޖުމްލަ 148 ރަށުގައި ފުލުހުންގެ ހިދުމަތް ދެމުންދާއިރު، މި ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފެށުމެވެ.