އާސަންދަ ސްކީމުން އެއްވެސް ބޭހެއް އުނި ނުކުރާ ކަމަށް އާސަންދަ ކުންފުނިން ބުނެފިއެވެ.
އާސަންދައިން ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ކުރިއެެކޭ އެއްގޮތަށް މިހާރުވެސް ސްކީމްގެ ތެރެއިން ލިބޭ ބޭސްތައް ލިބޭނެ ކަމަށެވެ.
އަދި ސްކީމުން ކަވަރު ކުރާ ބޭސްތަކާއި ސްކީމުން ކަވަރު ކުރާ މިންވަރު އާސަންދަ ވެބްސައިޓްގެ ޑައުންލޯޑްސް ސެކްޝަންގައި ހިމެނޭ ”މާސްޓާރ މެޑިސިން އެންޑް ކޮންސިއުމަބްލްސް ލިސްޓް“ ފެންނަން ހުންނާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
އާސަންދަ ލިބޭ ބޭހަކަށް އަގު ނަގާނަމަ އެކަން ރިޕޯޓްކުުރުމަށް ވެސް ރޭ ވަނީ އެ ކުންފުނިން އިލްތިމާސްކޮށްފައެވެ.