ގއ.ދާންދޫ މަގުމަތިން ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ ގއ. ދާންދޫ ފެނަކަ ބްރާންޗުގެ ހުޅަނގު ފަރާތު މަގުމައްޗަށް މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހެނދުނު 8:10 ހާއިރު ކަމަށެވެ.
އަދި ވެއްޓިފައި އޮތް މީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ސިއްހީ މަރުކަޒާ ހަވާލާދީ ފުލުހުން މައުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ މިހާދިސާގައި ނިޔާވެފައިވަނީ އެރަށު ނަގަހެލާ ޢުމުރުން 33 އަހަރުގެ އަހުމަދު ކަމަށެވެ.
މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

