ދުނިޔޭގެ އެންމެ ބޮޑު އާޔުރްވެދާ ވެލްނެސް ބްރޭންޑް ކަމަށްވާ ސްޕާ ސިލޯން ކްލަބް ޕްރިމިއާ ޕާޓްނަރެއްގެ އުރީދޫ މޯލްޑިވްސްގެ ކްލަބް ޕްރިމިއަރ އާއި ގުޅިއްޖެއެވެ.

މި ޕާޓްނަޝިޕާއެކު އުރީދޫ ކްލަބް ޕްރިމިއާގެ މެމްބަރުންނަށް ސްޕާ ސިލޯނުގައި އެކްސްކްލޫސިވް ފައިދާތަކެއް ލިބި، އެ ފަރާތްތަކުގެ ދުޅަހެޔޮކަމާއި ލުއިކަމުގެ ތަޖުރިބާތައް އިތުރުކުރެވޭނެއެވެ.

މި ޕާޓްނަރޝިޕަކީ އުރީދޫގެ އެންމެ ހާއްސް ކަސްޓާމަރުން ކަމަށްވާ ކްލަބް ޕްރިމިއާ މެންބަރުންނަށް ތަފާތު އަގުހުރި ޕްރިމިއަމް ތަޖުރިބާތައް ފޯރުކޮށްދިނުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ ޕާޓްނަރޝިޕެކެވެ.

ސްޕާ ސިލޯންގެ މަޝްހޫރު އާޔުރްވެދިކް އަދި ވެލްނެސް ޕްރޮޑަކްޓްތަކާ އެކު، ރާއްޖޭގައި އަލަށް ހުޅުވި ސްޕާ ސިލޯން އައުޓްލެޓުން މިހާރު މެމްބަރުންނަށް ޕްރޮޑަކްޓްތަކާ ގުޅޭ ހާއްސަ އޮފާތަކެއް ލިބޭނެއެވެ.

މިގޮތުން އުރީދޫ ކްލަބް ޕްރިމިއަރ ކަސްޓާމަރުންގެ ތެރެއިން ގޯލްޑް މެމްބަރުންނަށް 10% އަދި ޕްލެޓިނަމް ކަސްޓަމަރުންނަށް 15% ޑިސްކައުންޓް ލިބިގެންދާނެއެވެ.

މިއަދު އުރީދޫ ހެޑްކުއާޓާސް ގައި ބޭއްވުނު ރަސްމިއަޔާތުގައި ހާއްސް ޕްރޮމޯޝަނެއްވެސް ވަނީ އުރީދޫއިން އިއުލާނުކޮށްފައެވެ.

ގޯ ޕްލޭ މާކެޓް 25 ޑިސެމްބަރ 2024 ގެ ކުރިން އެކްޓިވޭޓް ކޮށްގެން 10 ފަރާތަކަށް ސްޕާ ސިލޯން އިން ޑިސްކައުންޓް ވައުޗަރ ލިބުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ ތެރޭގައި 1000ރ އަދި 500ރ ގެ ޑިސްކައުންޓް ވައުޗަރ ހިމެނެއެވެ. ގޯޕްލޭ މާކެޓާކީ ހިލޭ ބޭނުންކުރެވޭ އޯޓީތީ ޕްލެޓްފޯމެކެވެ. ގޯޕްލޭ މާކެޓް އެކްޓިވޭޓް ކުރުމަށް:

https://ore.do/goplaymarketmv

ލަގްޒަރީ އާޔުރްވެދާ ގެ ތަޖުރިބާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ބަލައިގެންފައިވާ ސްޕާ ސިލޯން އަކީ ސްރީލަންކާގެ ޒަމާންވީ ފަރުވާގެ އާދަކާދަތަކާއި އެންމެ މޮޅު މާއްދާތަކާއި ޒަމާނީ ދުޅަހެޔޮކަމުގެ އާދަތަކަށް ބައްޓަންކޮށް އެކި ޕްރަޑަކްޓްތައް އުފައްދާފައިވާ ބްރޭންޑެކެވެ.

އުރީދޫން ބުނީ މި ޕާޓްނަރޝިޕާއެކު ކްލަބް ޕްރިމިއާގެ މެންބަރުންނަށް އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމުގައެވެ.

އުރީދޫ ކްލަބް ޕްރިމިއާ އަކީ އުރީދޫގެ އެންމެ ވަފާތެރި ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށްޓާކައި ފަރުމާކޮށްފައިވާ ލޯޔަލްޓީ ޕްރޮގްރާމެކެވެ. ކްލަބް ޕްރިމިއާ މެދުވެރިކޮށް މެންބަރުންނަށް ހާއްސަ އިނާޔަތްތަކާއި ޑިސްކައުންޓްތަކާއި ޕްރިމިއަމް ލައިފްސްޓައިލް ގެ ތަޖުރިބާތައް ލިބެއެވެ.