އަމީނީ މަގާއި ބޮޑުތަކުރުފާނު މަގު ގުޅޭ ހިސާބުގައި ހުންނަ މ.ގްރީން ބިލްޑިންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި އިމާރާތަކީ، ހައުސިން މިނިސްޓްރީ ހިންގާ އިމާރާތެވެ.

މި ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފް އިން ބުނީ އަލިފާން ރޯވީ އަމީނީ މަގުގައި ހުންނަ ހައުސިންގ މިނިސްޓްރީ އިމާރާތުގައި ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް އަދި ނުދެއެވެ.

އިތުރު މައުލޫމާތު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ފުލުހުން ވެސް ބުނީ، މި ހާދިސާއާ ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

(ތަފްސީލު އަންނަނީ…)