ހައުސިން މިނިސްޓްރީގައި ރޯވި އަލިފާންގަނޑު އަދިވެސް ކޮންޓްރޯލް ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ހައުސިން މިނިސްޓްރީ ހުންނަ މުޅި ބިލްޑިންގ ގައި ވަނީ އަލިފާން ރޯވެފައި ކަމަށެވެ.

އެއިމާރާތުގެ ވަށައިގެންވާ އެހެން އިމާރާތް ތަކުން މިހާރު ވަނީ މީހުން ހުސްކޮށްފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

”މިހާރު ބޮޑަށް މަސައްކަތް ކުރަމުންދަނީ އެހެން އިމާރާތްތަކަށް އަލިފާން ފޯރިޔަ ނުދިނުމަށް“ އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވުމަށް އެއަރޕޯޓުގެ ފަޔަރ ފައިޓަރސްގެ އެހީތެރިކަން ވަނީ ލިބިފައި ކަމަށެވެ.