އިނގިރޭސި ވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ފުރާވަޑައިގެންފިއެވެ.

Ads by Asuru

ރައީސްގެ ދެ ކަނބަލުންގެ މި ދަތުރުފުޅަކީ އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ މަރުވުމާ ގުޅިގެން އިނގިރޭސި ވިލާތުގެ އާ ރަސްގެފާނު، ޗާސްލް ތިންވަނައާ ބައްދަލުކުރައްވައި ރަސްގެފާނާއި ޝާހީ ޢާއިލާއަށް ތަޢުޒިޔާ ދެންނެވުމަށާއި އެ ޢާއިލާގެ މި ހިތާމައިގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އެލިޒަބަތު 2 މަރުވީ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. އުމުރުން 96 އަހަރުގައި ރާނީ މަރުވުމުން، ތިން ދުވަސް ވަންދެން ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފައި ބެހެއްޓި އެވެ.

ރައީސްގެ ދެ ކަނބަލުން އިނގިރޭސި ވިލާތަށް ކުރައްވާ މި ދަތުރުފުޅުގައި އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވައި، ރާނީއަށް އެންމެފަހުގެ އިހްތިރާމް އަދާކުރައްވާނެއެވެ.