މީގެ 12 އަހަރު ކުރިން ފެށިގެން ވިސާ ނެތި ރާއްޖޭގައި ދިރިއުޅެމުން ދިޔަ ފްރާންސްގެ އާއިލާގެ މީހުން ރާއްޖެ އިން ފުރުވައިލަން ނިންމާފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވެއްޖެއެވެ.
ތ. ވޭމަންޑޫގައި މިހާރު ދިރިއުޅޭ އެ އާއިލާގެ މައުލޫމާތު ”މިހާރު“ ނޫހުގައި ވަނީ ޝާއިއުކޮށްފައެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ހަ މީހުންގެ މައުލޫމާތު މި އަހަރުގެ ޖުލައި 18 ގައި ލިބުމާއެކު އެ މީހުން ފޮނުވުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.
އޭނާ ވިދާޅުވީ އެ މީހުންގެ ޓްރެވަލް ޑޮކިއުމަންޓު ހޯދުމުގެ މަސައްކަތް ފޮރިން މިނިސްޓްރީއާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ވޭމަންޑޫގައި އުޅޭ ފްރާންސްގެ އާއިލާ ރާއްޖޭގައި އުޅެނީ އެ ގައުމަށް އަނބުރާ ގޮސްފިނަމަ، ޖަލަށް ލާނެތީ ކަމަށް އެ އާއިލާގެ މެމްބަރަކު ”މިހާރު“ ނޫހަށް ބުނެފައިވެއެވެ.


މުސްލިމް އާއިލާއަކަށް އެއްގޮތަކަށްވެސް އަނިޔާވެރި ވެގެން ނުވާނެއެވެ. އިސްރޭލުމީހުން މިތަނަށް ގެނެސްފަ، މިތަނުގައި ތިބި މުސްލިމުންތަކެއް ފޮނުވާލުމަކީ ހާދަ ހުތުރު ކަމެކެވެ.