ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު އިސްތިއުފާ ދެއްވައިފިއެވެ.
ސައީދު ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނު ކުރެއްވީ މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުގައެވެ.
ސައީދު އިސްތިއުފާ ދެއްވި ސަބަބު އަދި ސާފެއް ނުވެއެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވި އިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއް ލައިވްކޮށް ދެއްކިއިރު ޕީއެސްއެމުން ޤުރުއާނުގެ އާޔަތަކުން ތަންކޮޅެއް އުނިވާ ގޮތަށް ދެއްކުމާއި، އިނގިރޭސި ޚަބަރުގައި މީހެއްގެ ބަރަހަނާ މަންޒަރެއް ދެއްކުނު މައްސަލައެއް ފެންމަތިވެފައިވެއެވެ.

