ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު، އުރީދޫ ފަން ރަން 2024 އިފުތިތާޙުކޮށްދެއްވައިފިއެވެ.
މި ހަރަކާތް ކުރިއަށްދިޔައީ އިއްޔެ ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކްގައެވެ.
މި ރަސްމިއްޔާތުގައި މި އަންނަ އަހަރު އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވާތަން އިޢުލާން ކުރައްވާފައިވެއެވެ.
އެގޮތުން މިއަންނަ އަހަރު އުރީދޫ ފަން ރަން ބޭއްވުމަށް ކަނޑައަޅުއްވާފައިވަނީ ފުވައްމުލައް ސިޓީގައެވެ.
މި ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން ފުވައްމުލައް ސިޓީގެ މޭޔަރަށް ހަނދާނީ ފިލާއެއްވެސް ހަވާލުކޮށްދެއްވާފައިވެއެވެ.
އުރީދޫ ފަން ރަން 2024 ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އުރީދޫ ފަން ރަން ބައިވެރިންގެ ހާއްސަ ސެލްފީއެއް ނަންގަވާފައެވެ.
އުރީދޫ ފަން ރަން 2024 އަކީ އުރީދޫއިން އިންތިޒާމުކޮށްގެން ބާއްވާ މިފަދަ 6 ވަނަ ދުވުމެވެ.
މި އަހަރު މި ދުވުމުގައި 6000 އަށްވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ.

