ސައުދީ އަަރަބިއާގެ އަބޫ އަބްދުﷲ ކިޔާ ފިރިހެނަކު، 43 އަހަރުގެ ތެރޭގައި 53 އަންހެނުންނާ ކައިވެނިކޮށްފިއެވެ.

Ads by Asuru

އުމުރުން 63 އަހަރުގެ މި ފިރިހެންމީހާ ބުނީ އޭނާ އެހާ ގިނަ އަންހެނުންނާ ކައިވެނި ކުރީ އަމިއްލަ ހިތްހަމަޖެހުމަށް ހޯދުމަށް ނޫން ކަަމަށާއި، އޭނާ ހޯދަމުން ދިޔަހާވެސް އެއްޗަކީ ހިމޭންކަން ކަމުގައެވެ. އަދި އިތުރު ކައިވެންޏެއްް ކުރަން ގަސްތު ނުކުރާ ކަަމަށްވެސް، މިމަހުގެ 10 ވަނަ ދުވަހު ދިން ބަސްދީގަތުމެއްގައި އޭނާ ބުނެފައިވެެެއެވެ.

އަބޫގެ އިންޓަވިޔު މީސްމީޑިއާގައި ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައެވެ. ބައެއް ފަރާތްތަކުން އޭނާއަށް ތައުރީފު ކުރިއިރު، ފާޑުކިޔުންތައް އަމާޒު ކުރި މީހުންވެސް މަދެއް ނޫނެެވެ. އެެގޮތުން އޭނާއަށް ފާޑުކިޔާ މީހުން ބުނަނީ އެހާ ގިނަ އަންހެނުންނާ ކައިވެެނި ކުރެވުމަކީ، އޭނާ އެކަމާ ފަހުރުވެރިވެ، އެވާހަކަ ދައްކަން ޖެހޭހާ މޮޅު ކަމެއް ނޫން ކަމަށެވެ.

އަބޫ އެންމެ ފުރަތަމަ ކައިވެެނި ކުރީ އުމުރުން 20 އަހަރުގައި، އޭނާއަށްވުރެ 6 އަހަރު ދޮށީ އަންހެނަކާއެވެ. އަދި ދަރިންވެސް ލިބުނު ފަހުން، ދެވަނަ ކައިވެންޏެއް ކުރީ އުމުރުން 23 އަހަރުގައެވެ. އަދި އެ ދެ އަނބިންގެ މެދުގައި މައްސަލަ ޖެހި، އަރައިރުންވާން ފެށުމުން، ތިން ވަނަ، އަދި ހަތަރުވަނަ ކައިވެނި ކުރުމަށްފަހު، ފުރަތަމަ ދެ އަނބިން ވަރި ކުރި ކަމަށްވެސް ކިޔައިދިނެވެ.

އޭނާ ބުނީ، އޭނާ ކައިވެނި ކުރި ގިނަ އަންހެނުން ނިސްބަތްވަނީ ސައުދީއަރަބިއާއަށް ކަމަށެވެ. އެހެން ގައުމުތަކުގެ އަންހެނުންނާވެސް ކައިވެނިކޮށްފައިވާނެ ކަމަށާއި، އެގޮތަށް ކަންތައް ކުރީ، މަސައްކަތުގެ ގޮތުން، ބައެއް ފަހަރު އެެހެން ގައުމުތަކުގައި ދިރިއުޅެން ޖެހުމުން ކަަމަށްވެސް އަބޫ ބުނެފައިވެއެވެ.

އުމުރުން ހަގު އަންހެނުންނަށްވުރެ ބޮޑަށް، ފިރިހެންމީހާއަށް ހަމަޖެހުން ލިބޭނީ އުމުރުން ދުވަސްވީ މީހަކާ ކައިވެނިކޮށްގެން ކަަމަށް ދެކޭ އަބޫ ބުނީ އޭނާގެ އެންމެ ކުރު ކައިވެނީގެ މުއްދަތަކީ އެއްރޭ ކަމަށެވެ. އެންމެ ރެއަކަށްފަހުގައި އޭނާ ކުރި އެއްކައިވެނި ވަނީ ނިމުމަކަށް އައިސްފައެވެ.

އޭނާ ބުނީ ދެން އިތުރަށް ކައިވެންޏެއް ކުރަން ގަސްތު ނުކުރާ ކަމުގައެވެ.