މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 250،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާއިން ރާއްޖެއަށް ވަނީ 259,723 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މިއީ މިދިޔަ އަހަރުގެ ޖުމްލަ އަދަދާ އަޅާ ބަލާއިރު %38.8 އިތުރު އަދަދެކެވެ.
މިދިޔަ އަހަރު ޗައިނާއިން ރާއްޖެއަށް 187،118 ފަތުރުވެރިން ޒިޔާރަތް ކުރިއެވެ.
މީގެ އިތުރުން ރަޝިއާ، ޖަރުމަން އަދި އިޓަލީން ރާއްޖެއަށް ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.
އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 1.9 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާއި އަޅާ ބަލާއިރު %8.8 އިތުރު އަދަދެކެވެ.

