މިހާރު ކުރަމުން އަންނަ ވިއްސާރައިގައި 08 ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ވިއްސާރައިގައި ވަގުތުން އެހީތެރިކަން ބޭނުންވާ 12 ގޭބިސީއެއްގެ ރެޕިޑް އެސެސްމެންޓް ދިވެހި ރެޑްކްރެސެންޓުގެ އެހީތެރިކަމާއެކު ހެދުނު ކަމަށެވެ.
އޭގެތެރެއިން 8 ގޭބިސީއެއްގެ 32 މީހުންނަށް އެއް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައި ދެވުނު ކަމަށް ބުންޏެވެ.
މި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސީ ކައިބޮއި ހެދުމަށާއި، ނިދާ ފާހާނާ ކުރެވޭނެ ގޮތެއް ނެތުމާއި، ވަގުތީ ގޮތުން އެތަންތަނުގައި ދިރިއުޅެވޭނެ ހާލަތެއް ނެތުމުގެ ސަބަބުން ކަމަށް އެންޑީއެމްއޭ އިން ބުނެއެވެ.
ވިއްސާރައާ ގުޅިގެން ފެންވަނުން ކޮންޓްރޯލް ކުރުމަށް ސިފައިންނާއި މާލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާއެކު 47 ތަނެއްގައި 229 ވެލި ބަސްތާ ޖަހާފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން މައުލޫމާތުދެއެވެ.

