ރާއްޖޭގައި އިންޑޮނޭޝިއާގެ އަންހެނަކު ރޭޕްކޮށް، މަރާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަރުތަމުންދާ ވާހަކަތައް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ދޮގު ކުރައްވައިފިއެވެ.

ސޯޝަލް މީޑިއާގައި އެ ވާހަކަ ރޭ ދައުރުކޮށް، އެކަމުގެ ވީޑިއޯ ވެސް އެބަހުރި ކަމަށް ބުނެފައިވެއެވެ.

މިކަމާ ގުޅިގެން މިނިސްޓަރު ބިދޭސީ އަންހެނަކު ރޭޕްކޮށް މަރާލާފައިވާ ކަމަށް ބުނެ ވީޑިއޯއަކާ ހަވާލާދީ ދެކެވޭ ވާހަކަ އަކީ 2021، މޭ ގައި ބަންގަލްދޭޝް ނޫހަކުން ރިޕޯޓްކޮށްފައިވާ ހާދިސާއަކާ ގުޅޭ ވީޑިއޯއެއް ކަމަށެވެ.

އަދި އެ ވާހަކަ ގެނެސްދީފައި އޮތް އާޓިކަލެއްގެ ލިންކުވެސް މިނިސްޓަރު ހިއްސާކުރެއްވިއެވެ.

ފުލުހުން ވެސް ބުނެފައި ވަނީ އެފަދަ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.