ތ.ވޭމަންޑޫ އަށް މަސްތުވާތަކެތި އެތެރެކުރި އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހއ.މުރައިދޫ، ވެނީލާގެ މުޙައްމަދު ޝަރީފް، 44 އެވެ.
ފުލުހުން ބުނީ އިއްޔެ ހިންގި އޮޕަރޭޝަނުގައި ޝަރީފް ހައްޔަރުކޮށްފައި ވަނީ، މާލެއިން ފުރައިގެން ތ. އަތޮޅަށް އައި މުދާއުފުލާ ބޯޓެއް ވޭމަންޑު އަށް ކައިރިކުރުމުން އޭނާ ހުއްޓަވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނުމާ ގުޅިގެން ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 11 ދުވަހު ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ވޭމަންޑޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

