Advertisement
ދިވެހީންނަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް ބަދަހިކަން ދައްކާ ބައެއް

ދިވެހީންނަކީ ގައުމަށް ދިމާވާ ކޮންމެ ކަމެއްގައި ވެސް ބަދަހިކަން ދައްކާ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ސުނާމީގެ ކާރިސާ ކުރިމަތިވިތާ 20 އަހަރު ފުރުމުގެ މުނާސަބަތުގައި ރާއްޖޭގެ އެކި ރަށްރަށުގައި މިއަދު ވަނީ އެ ދުވަހުގެ ހަނދާންތައް އާކޮށް ސުކޫތެއް ގެނެސްފައެވެ.

ރައީސް އޮފީސް ކައިރީގައި ބޭއްވި ސުކޫތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ދުވަހުގެ މުނާސަބަތުގައި ރައީސް ވިދާޅުވީ، ދިވެހިންނަކީ ދިމާވާ ކޮންމެ ހާލަތެއްގައި އާއިލީ ގުޅުން ބަދަހިކޮށް އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެއްބައިވަންތަ ބައެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހިންނަކީ ގައުމަށް ދިމާވާ މުހިންމު ކޮންމެ ހާލަތެއްގައި ވެސް އަބަދުވެސް ބަދަހިކަން ދައްކާ ބައެއް ކަމަށެވެ.

2004 ޑިސެންބަރު ގެ ސުނާމީއަށް މިއަދު 20 އަހަރު ފުރިގެން ދާއިރު، މި ހިތާމަވެރި ކާރިސާގައި ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް މި ސުނާމީގެ އަސަރު ކޮށްފައިވެއެވެ.

އަދި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލި، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

އެ ދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި ވިލުންތެރިކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ދަނީފާހަގަކުރަމުންނެވެ.