ހުޅުމާލެ ފޭސް ދޭއްގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދޭން ފަށައިފިއެވެ.

ރޭ 01:50 ހާއިރު ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 18 އަހަރުގެ ކުއްޖަކަށެވެ.

ފުލުހުން ބުނީ އަނިޔާވި ޒުވާނާ އަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، މިހާރު އަިއޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އޭނާއަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެންނެވެ.

އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި މިއީ ސައިކަލަކާއި ފުލުހުންގެ ކާރެއް ޖެހި ހިނގި އެކްސިޑެންޓެކެވެ.

މި އެކްސިޑެންޓުގައި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.