ކޮންސްޓްރަކްޝަން މިނިސްޓްރީއާ ހައުސިން މިނިސްޓްރީ އެއްކޮށްލި ނަމަވެސް ހައުސިން މިނިސްޓްރީން ދެމުން ދިޔަ ހިދުމަތްތަކަށް ބަދަލެއް ނާންނާނެ ކަމަށް ބުނެފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހައުސިން އިން ދެމުން އަންނަ އެއްވެސް ހިދުމަތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، ގެދޮރުވެރިކަމާ ބެހޭ މަސައްކަތްތަކާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ސާފު ކުރަން ބޭނުންވާ ނަމަ ރަސްމީ ފޯނު ނަންބަރުތަކަށް ގުޅައިގެން މައުލޫމާތު ހޯދޭނެ ކަމަށް ބުންޏެވެ.
އެ ނަންބަރުތަކަކީ 4004900 އަދި 4004901އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށަށް ހައުސިން މިނިސްޓްރީ ބަދަލުކުރީ އިއްޔެއެވެ.
އެގޮތުން ރައީސް އިއްޔެ ވަނީ ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ. އަލީ ހައިދަރު ހަޔަ އެޑިއުކޭޝަން މިނިސްޓަރަކަށް ބަދަލު ކުރަައްވައިފައެވެ.
ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރަކީ ޑރ.މުއްތަލިބެވެ.
ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިތުރުން އެންވަޔަރަމަންޓް ހިންގި އިމާރާތްތައް ދާދި ފަހުން އެނދުމާ ގުޅިގެން އެ މިނިސްޓްރީތައް މިހާރު ވަގުތީ ގޮތުން ހިންގަމުން އަންނަނީ ދަރުބާރުގޭގައެވެ.

