ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝަހީދު އިބްރާހިމް އެ މަގާމުން ވަކިކޮށްފިއެވެ.

ޝަހީދު މަގާމުން ވަކިކުރިކަމުގެ ސިޓީ މިއަދު ވަނީ އޭނާއަށް ރައްދުކޮށްފައެވެ.

ނަމަވެސް އެކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޝަހީދު މަގާމުން ވަކިކުރި އިރު، އޭނާ މަގާމުން ވަކިކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

ޝަހީދު ވެމްކޯގެ ޑީއެމްޑީގެ މަގާމަށް އައްޔަނު ކުރީ، މި އަހަރުގެ އޭޕްރިލް ފަހުކޮޅުގައެވެ.