ރާއްޖޭގެ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމުންދިޔަ މަސް ބޯޓު ފުލުހުންނާ ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނީ މި މަހުގެ 26 ވަނަ ދުވަހު ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި، ގާނޫނާ ހިލާފަށް ހާއްސަ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ މަސް ބޯޓެއް، އެމްއެންޑީއެފް އެއަރ ކޯރ ޑްރޯން ގެ އެހީގައި ލޮކޭޓް ކުރުމަށްފަހު ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އަވަށްޓެރި ސްރީލަންކާ އަށް ނިސްބަތްވާ އެ އުޅަނދުގައި ތިން މީހުން ތިބި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަދި މިހާރު އުޅަނދު ފުލުހުންގެ ހިދުމަތާ ހަވާލުކުރެވިފައިވާ ކަމަށް ވެސް މައުލޫމާތު ދިނެވެ.

