ދިވެހިރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަންނަ ބުދަ ދުވަހު އަމަލުކުރަން ފެށުމަށް ނިންމައިފިއެވެ.
ދެ ސަރުކާރުގެ ފަރާތުން މިކަން އިއުލާން ކުރީ ޗައިނާގެ ކޮމާސް މިނިސްޓަރު ވަންގް ވެންޓާއޯ އާއި ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އިއްޔެ އޮންލައިންކޮށް ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.
ޗައިނާގެ މިނިސްޓަރު ވަންގް ވެންޓާއޯ ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރުމަށް ދެ ގައުމުވެސް މިހާރު ތައްޔާރުވެފައިވާ ކަމަށެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ މިއެއްބަސްވުމަށް އަމަލުކުރަން ފެށުމުން ރާއްޖޭގެ އިގްތިސާދަށް ރަނގަޅު ފައިދާތަކެއް ލިބޭނެ ކަމަށެވެ.
އަދި މިއެއްބަސްވުމާއެކު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރު ދެއްވިއެވެ.

