ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ބައެއް ސަރަހައްދުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓުން ވައިޓު އެލާޓު ނެރެފިއެވެ.
މެޓުން މި އެލާޓު ނެރެފައި ވަނީ، މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 14:00އާ ހަމައަށް، ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށެވެ. މި އެލާޓުގައި ވަނީ، ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
އަދި ހަމައެއާއެކު، ގަޑިއަކު 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް ލަފާކޮށްފައިވެއެވެ.
މެޓުން ދެންމެ ބުނީ، ސްރީލަންކާގެ އިރު ދެކުނުގައި އުފެދިފައިވާ ކޮޅިގަނޑާއި، ކޮޅިގަނޑާއި ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފުގެ ސަބަބުން އައު އަހަރުގެ ބަންދު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ.

