މި މަހުގެ 28 ވަނަ ދުވަހާ ހަމައަށް މަސްވެރިންނަށް ދޭންޖެހޭ 2،337،608 ރުފިޔާ، މަސްވެރިންގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށް މިފްކޯ އިން ބުނެފިއެވެ.
މިފްކޯއިން ބުނީ، މި ފައިސާ އިއްޔެގެ ވަގުތެއްގައި އެ އޮޑިދޯނި ފަހަރުގެ އެކައުންތްތަކަށް ޖަމާކުރުމަށް ބީއެމްއެލްއަށް ފޮނުވާފައިވާ ކަމަށެވެ.
އަދި މިހާރު އެ ފައިސާ އެ އެކައުންޓްތަކަށް ޖަމާވެފައިވާ ކަމަށް މިފްކޯއިން ހާމަ ކުރެއެވެ.
މިހާރު މަސްވެރިންނަށް ނުދެއްކި ބާކީ ހުރި ފައިސާގެ އަދަދަކީ މި މަހުގެ 29 ވަނަ ދުވަހު ކިރާފައިވާ މަހަށް ވާ 3،711،255 ރުފިޔާއެވެ.
އެމްޑީޕީގެ ސަރުކާރު ނިމިގެންދިޔައިރު، މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ 250 މިލިއަނެއްހާ ރުފިޔާގެ ބެކްލޮގެއް އޮތެވެ. އެ ފައިސާ ދައްކައި ހަލާސްކުރީ މި ސަރުކާރުންނެވެ.

