ހެޔޮ ރަނގަޅު ވިސްނުން އިސްކޮށް، ރަނގަޅުކުރަން ޖެހޭ ކަންކަމަށް ރަނގަޅު ގޮތުގައި މަގުދެއްކެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މިހެން ވިދާޅުވީ، ފެށުނު އައު އަހަރުގެ މުނާސަބަތުގައި، ރޭ ނެރުއްވި ހިތާބުގައެވެ.
އެމަނިކުފާނު ވިދާޅުވީ އައު އަހަރުގައި އަޅުގަނޑުމެންގެ ފަރުދީ ޢަޒުމަކަށް ވާންވީ، ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރުމާސި ސުލްހަ މަސްލަހަތު އިސްކުރުން ކަމަށެވެ.
”ތަރައްގީއާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމެވެ. އިޙްތިރާމާއި ކުލުނުވެރިކަމެވެ. އެހެންކަމުން، މި ފެށުނު އާ އަހަރަކީ ތަރައްޤީގެ އަހަރަކަށް ހެދުމަށް ޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް އަޅުގަނޑު އިލްތިމާސްކުރަމެވެ. ރަނގަޅުކުރަން ޖެހޭ ކަންކަމަށް ރަނގަޅު ގޮތުގައި މަގުދެއްކެވުމަށް އެދެމެވެ.“ ރައީީސްގެ ހިތާބުގައިވެއެވެ.
ރައީސް ވަނީ އިރާދަކުރެއްވިއްޔާ 2025 ވަނަ އަހަރަކީ ތިޔާގިކަމުގެ އަހަރަކަށް ވާނެކަމަށް ވިދާޅުވެފައެވެ.
އެގޮތުން، މި ފެށުނު އަހަރުގައި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށާއި، އެންމެން ގުޅިގެން ގައުމީ ތަރައްގީގައި އެއް އަމާޒަކަށް ދަތުރުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ދިވެހީންގެ ރާއްޖޭގެ އަންނަން އޮތް މުސްތަގުބަލަށްޓަކައި ޒިންމާދާރުކަމާއެކީ ގައުމު ބިނާކުރުމުގެ އަހަރެވެ.“
2025 ވަނަ އަހަރު ހިމެނިގެންދާނީ މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތަކުގެ އަހަރުގެ ގޮތުގައިކަން ފާހަގަކުރައްވައި ރައީީސް ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފެށޭނެ ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު ވިދާޅުވީ، މީގެ ނަތީޖާއަކަށް ވާނީ، އިގުތިސާދީ ފުދުންތެރިކަން އިއާދަވެ، މަސައްކަތްތެރީންނަށް ފުރުސަތުތައް ހުޅުވިގެންދިޔުމާއި އާންމު ތިޔާގިކަމެއް މުޅި ގައުމަށް ލިބުން ކަމުގައެވެ.


ދެލޯފުޅާ ރަނގަޅު ކަމަކަށް މަގު ދެއްކޭކަށް ނެތް….ވަގުންތަކެއް ކެބިނެޓށް ލައިގެން އުޅޭތީ…އެއްތަނުން ވައްކަން ކުރީމާ އަނެއްތަނަށް ބަދަލު ކުރަނީނު..އެއީ ރަނގަޅު ގޮތެއް ނޫނޭ ބުނީމާ އެކަމެއް ނުކުރޭނު…ކުންފުނި ތަކުން ވައްކަން ކުރާ ވާހަކަ ބުނީމާ ބައި ނުލިބޭނެތީ އެމީހުން ވެސް އިތުރަށް ވައްކަން ކުރަން ބައިތިއްބަނީނު….އެޑިޔު ކޭޝަނުގައި ހުރީ ގަލެއް…އެދާއިރާ ވެސް ބޮއްސުންލައިފި..އެނޫންތަނެއް ނެތް…ބައިވަރު ރަނގަޅު ކުރަން ހުރި ކަންކަން އެބަހުރި…