މޫސުން ގޯސްވެ، އުދަ އަރާނެ ކަމަށް ލަފާކޮށް ށ އަތޮޅުން ފެށިގެން ކ އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުން މިރޭ ބުނީ، މި އެލާޓުގެ ވަގުތަކީ މިރޭ 1:00 އިން ފެށިގެން ހެނދުނު 7:00 އަށް ކަމަށެވެ.
މި އެލާޓު ނެރުނީ ގަޑިއަކު 19 މޭލާ، 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ކަނޑުތައް ގަދަވެ، އުދަ އަރާނެ ކަމަށް ލަފާ ކުރެވޭތީ ކަމުގައި މެޓުން ބުނެއެވެ.
މެޓުން ބުނީ މި ދުވަސްވަރު ރާއްޖެއަށް ވިއްސާރަ ކުރަމުންދަނީ ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ އަސަރު ރާއްޖެ އަށް ކުރަމުންދާތީ ކަމަށެވެ. އަދި ހޯމަ ދުވަހު މޫސުން ރީތިވާން ފަށާނެ ކަމަށް މެޓުން ބުނެއެވެ.

