ސައުދީ އަރަބިއްޔާއިން، ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ރާއްޖެއަށް ގެނެސްފިއެވެ.

މިއީ ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ސައުދީން ހަދިޔާކުރާ ކަދުރެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ސައުދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު ލިބިފައިވާކަން ހާމަކުރައްވައިފައެވެ.

އިސްލާމިކް މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ ރޯދައިގެ ކުރިން ކަދުރުތައް ގެތަކަށް ބަހައި ނިންމުމަށެވެ.

ސައުދީ ސަރުކާރުން މިދިޔަ އަހަރު ވެސް އަދި އޭގެ ކުރީ އަހަރު ވެސް ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ.