ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ގޮތްޕެއް މިއަދު ފުވައްމުލަކުގައި ހުޅުވައިފިއެވެ.

Ads by Asuru

މި އޮފިސް ހުޅުވައިދެއްވީ ޕީޖީ ހުސައިން ޝަމީމާއި ފުވައްމުލައް މޭޔަރު އިސްމާއީލް ރަފީގެވެ. އެ ރަސްމިއްޔާތުގައި އެ ސިޓީގެ އެކިއެކި އޮފީސްތަކުގެ މުވަައްޒަފުން ވެސް ބައިވެރިވިއެވެ.

މި ރަސްމިއްޔާތުގައި ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވި ގޮތުގައި ޕީޖީ އޮފީހުގެ ހިދުމަތްތައް އަތޮޅު ތެރެއިން ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެން ދިއުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައެކެވެ.  މީގެ ސަބަބުން އިންސާފު ހޯދަން ކުރަން ޖެހޭ މަސައްކަތްތަކަށް ވެސް ލުއިތަކެއް ލިބެގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފުވައްމުލަކުގެ މޭޔަރު ރަފީގު ވިދާޅުވީ، އެ ސިޓީގައި ޕީޖީ އޮފީހުގެ ގޮތްޕެއް ހުޅުވިގެން ދިޔުމަކީ، އެ ސިޓީ އަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށެވެ.