ސަފާރީން މޫދަށް ވެއްޓިގެން ހޯދަމުން ދިޔަ މީހާގެ ހަށިގަނޑު ކަނޑުގެ 69 މީޓަރު އަޑިން ހޯދައިފިއެވެ.
ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކް މަތީގައި ހުއްޓާ ވެއްޓި، އުޅަނދުގެ އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވަނީ ނ. ހޮޅުދޫ ސީވީޑް އަލީ އަރުޝަދުއެވެ.
އެމްއެންޑީއެފް އިން ވިދާޅުވިގޮތުގައި އޭނާ ކަނޑަށް ވެއްޓިފައި ވަނީ މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް ”ނޯތު 07“ ސަފާރީންނެވެ.
ސިފައިން ދެންމެ ހާމަކުރި ގޮތުގައި އޭނާގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 69 މީޓަރު އަޑިންނެވެ.
އަދި މިއަދު 15:35 ހާއިރު އޭނާގެ ހަށިގަނޑު ލޯންޗަށް ނަގާފައިވާ ކަމަށް ސިފައިން ބުންޏެވެ.

