ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޝަހީމްގެ މި ދަތުރަކީ ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު ރަބީއާގެ ދައުވަތަކަށް ކުރައްވާ ދަތުުރެއް ކަމަށެވެ.

މި ދަތުރުގައި ރާއްޖެ އާއި ސައުދީއާ ދެމެދު ކޮންމެ އަހަރަކުވެސް ގާއިމު ކުރާ ހައްޖު އެގްރީމެންޓްގައި ސޮއިކުރެއްވުމުގެ އިތުރުން ހައްޖު މިނިސްޓަރު ޑރ ތައުފީގު ރަބީއާއާ ބައްދަލުކުރައްވާނެއެވެ.

މީގެ އިތުރުން 1446 ވަނަ އަހަރު ހައްޖު މިނިސްޓްރީން ބާއްވާ ޙައްޖު މައުރަޒުގައި ވެސް މިނިސްޓަރު ޝަހީމް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ޝަހީމް ޕާކިސްތާނަށް ކުރެއްވި ދަތުރަކީ މުސްލިމް ވޯލްޑް ލީގު (ރާބިތަތުލް އާލަމިލްއިސްލާމީ) ގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ.