ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރަކުން މީހަކު ވެއްޓިއްޖެއެވެ.

ފުލުހުން ބުނީ، މީހަކު ވެއްޓުނީ، ހިޔާގެ ތިންވަނަ ޓަވަރުގެ ދެވަނަ ފަންގިފިލާއިން ކަމަށެވެ.

އެ މީހާއަށް އަނިޔާވެފައިވާއިރު، މިހާރު އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާއި ގުޅީ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ. ފުލުހުން ބުނީ މިކަން ތަހުގީގުކުރަމުން އަންނަކަމަށެވެ.