އިދިކޮޅު އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް، އަހުމަދު ރަޝީދު ޕީއެންސީއާ ގުޅިއްޖެއެވެ.
އޭނާ އެ ޕާޓީ އަށް ސޮއިކޮށް ފޯމް ހަވާލުކުރީ ޕީއެންސީގެ ރައީސް، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުއާއެވެ.
ރައީސް ވަނީ އަހުމަދަށް މަރުހަބާ ވެސް ވިދާޅުވެފައެވެ.
އޭނާގެ ފޯމު ހަވާލުކުރަން މުލިއާގޭގައި ބޭއްވި ހަފުލާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއް ރަހީމް އާއި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހާއި ޕީއެންސީގެ ބަހެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޑީޕީގެ މެމްބަރަކު ޕީއެންސީއާ ގުޅިވަޑައިގަތް އިރު، މީގެ ކުރިން، އެ ޕާޓީގެ ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ޕީއެންސީއާ ގުޅިވަޑައިގެންފައިވެއެވެ.


ތިއީ ބޮޑު ދެފުއްކެހެރިއެއް. އޭނަގެގޮތް އިނގޭނީ މަށަށް