މާލޭގެ ކެފޭއެއްގައި އިންދާ ހަބަރު ހުސްވެގެން ހޮސްޕިޓަލަށް ގެންދިޔަ މީހަކު ނިޔާވެއްޖެއެވެ.
ރޭ ހިނގައިދިޔަ މި ހާދިސާގައި ނިޔާވެފައި ވަނީ މާލެ، މ. މޫންޑްރޮޕްސް އަހްމަދު ޝަރީފު ،58، އެވެ.
ފުލުހުން ބުނީ މާފަންނުގައި ހުންނަ ކެފޭއެއްގައި މީހަކު ހަބަރު ހުސްވެގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމުގެ ރިޕޯޓެއް ރޭ ލިބުނު ކަމަށެވެ.
އަދި އެ މީހާއަށް ފަރުވާ ދެމުންދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.

